








ފިންގާ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީ އިން ބުނީ މާލެ އުތުރުފަރާތު ބަނދަރުގައި ހަދަމުންދާ 15މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ޑިޒައިންކޮށް ބިނާކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ދެ ސައިޒެއްގެ ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނީ ކޮންކްރީޓް އެޅުމުގެ މަރުހަލާ ނިމުމާއެކު ދެން ކުރިއަށް ދާނީ ޖެޓީތަކުގެ ޑެކުގައި ލަކުޑި ޕްލޭންކް ހަރުކުރުމާއި، މޫރިން ބޮލާޑު ބެހެއްޓުމާއި، ލައިޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މިއީ މުޅި ޖުމްލަ18.98 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން25މީޓަރު ދިގު،6މީޓަރު ފުޅާ3ޖެޓީއާއި،15މީޓަރު ދިގު،6މީޓަރު ފުޅާ3ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.




