


.jpeg?w=3840&q=75)




ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމާއި ބެހޭ މަޝްވަރާތައް ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހާ ވަޒީރު މުހައްމަދު އަމީން ޕާކިސްތާނުގެ ދާހިލީ ވަޒީރު މުޙްސިން ނަޤްވީއާ ބައްދަލްކުރައްވާ ބޭއްވި ބައްދަލްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެގައުމަށް ފައިދާ ކުރަނިވި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.އެގޮތުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށް، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރި އެވެ.
މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަައިވެ އެވެ. އަދި މިގުޅުން މިގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮކްޓޯބަރު މަހު 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހަށް ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދަތުރުފުޅުގައިވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ދަތުރުފަތުރު ފަސޭހަކުރުމުގެ މަޝްވަރާތަކެއް ކުރައްވާފައެވެ.



.jpeg?w=3840&q=75)



