








-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި، އެ މުއައްސަސާގެ އެހާރާއި މިހާރުގެ އެންމެހައި ޚިދުމަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށް، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މި ޢަޒުމާއި މި ރޫޙުގައި މި އަމާޒު ޙާޞިލުވާކަން ކަށަވަރުކުރުމުގެ މަތީގައި، އަބަދުވެސް ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް ދިވެހި ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް، 2004 ސެޕްޓެންބަރު 1 ގައި ވަކި މަދަނީ މުއައްސަސާއަކަށް ބަދަލުވެ، ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާވެގެންދިޔަތާއި މިއަދަށް މި ވަނީ 22 އަހަރުވެފައެވެ.








