








އޮފްކަންގަދަ އަދި ވަރުގަދަ އިސްތަށިގަނޑެއް. ވޯގް މެގަޒިން އިން ލަފާދެނީ އިސްތަށިގަނޑަށް 'މިރަރ ޝައިން' އެއް ގެނައުމަށް ޗައިނާގެ ސަގާފީ ގޮތްތަކަށް ބޯދޮވުމަށް.
ފެޝަން އަދި ލައިފްސްޓައިލްގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު މެގަޒިން 'ވޯގް' އިން ޝާއިޢުކޮށްފައިވާ އާޓިކަލެއްގައި، އިސްތަށިގަނޑަށް މިރަރ ޝައިން ފަދަ އޮފްކަމެއް ގެނެސް، ވަރުގަދަކޮށް ބެހެއްޓުމަށް ޗައިނާ މީހުން ބޯދޮންނަން ބޭނުންކުރާ ޚާއްޞަ 6 ގޮތެއް ހިމެނޭ ސަގާފީ ގޮތް (ޗައިނީޒް ހެޑް ސްޕާ ޓެކްނިކް) ތަޖުރިބާކޮށްލުމަށް ވަނީ ލަފާދީފައެވެ.
1. ޑްރައި ބްރަޝިންގ :
ބޯދޮވުމުގެ ކުރިން އިސްތަށިގަނޑު ހިކިކޮށް ހުއްޓާ މަޑު ބުރުހަކުން އިސްތަށިގަނޑުގައި ފުނާ އަޅާލާށެވެ. މީގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ހުންނަ މަރުވެފައިވާ ހަންތަކާއި ހަޑިތައް ފިލައި، ގޮށްޖެހިފައި ހުރުމުގެ ސަބަބުން އިސްތަށިގަޑު ހަލާކުވުމުން ސަލާމަތްވެއެވެ.
2. ތާފަނާ ފެން ބޭނުންކުރުން :
މާ ހޫނު ނޫން، ތާފަނާ ފެނުން ބޯ ދޮވެލާށެވެ. ތާފަނާ ފެން ބޭނުންކުރުމުން އިސްތަށިގަނޑު މާބޮޑަށް ހިކުމުން ސަލާމަތްކޮށްދީ، ބޮލުގައި ހުންނަ ތެޔޮކަން ފިލުވައިދޭން އެހީތެރިވެދެއެވެ.
3. ދެ ފަހަރަށް ޝޭމްޕޫލުން :
ޝޭމްޕޫ ލާއިރު އިނގިލިތަކުގެ ކުރިން ބޮލުގެ ނާށިގަނޑަށް މަސާޖުކުރުމަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ ކަމެކެވެ. ފުރަތަމަ ފަހަރު ޝޭމްޕޫލުމުން ހަޑިތައް ފިލުވައިދޭއިރު، ދެވަނަ ފަހަރުން އިސްތަށިގަނޑު އެއްކޮށް ސާފުކޮށްދެއެވެ.
4. ޗައިނީޒް ހާރބަލް ޓްރީޓްމަންޓް:
އިނގުރު އެކުލެވޭ ޓޮނިކްއެއް އިސްތަށިގަނޑުގެ ބުޑުގައި އުނގުޅައި 2-3 މިނެޓު ވަންދެން މަސާޖުކުރާށެވެ. މިއީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ ކަމެކެވެ. އަދި އާންމުކޮށް ބޭނުންކުރާ ކޮންޑިޝަނަރ އިސްތަށިގަނޑުގެ މެދުން ފެށިގެން ކުރިއަށް އުނގުޅާށެވެ.
5. ސްޓީމް ނުވަތަ ވޯޓާރފޯލް ޓްރީޓްމަންޓް:
އުނގުޅި ތަކެތި އިސްތަށިގަނޑަށް ރަނގަޅަށް ވެއްދުމަށްޓަކައި ސްޓީމް (ހޫނު އާވީގެ) ފަރުވާއެއް ދޭށެވެ. މީގެ ސަބަބުން އިސްތަށިގަނޑުގެ ބުޑަށް އުގުޅި ތަކެތި ފަސޭހައިން ވަދެ، އިސްތަށިގަނޑު މަޑުކޮށްދެއެވެ.
6. ފިނި ފެނުން ދޮވެލުން :
އެންމެ ފަހު ކަމަކަށް، ފިނި ފެނުން (ބޮލަށް އުނދަގޫ ނުވާނެ ވަރުގެ ފިނިމިނެއްގައި) ބޯ ދޮވެލާށެވެ. ފިނި ފެނުން ދޮވުމުން އިސްތަށިގަނޑުގެ ބޭރު ފަށަލަ ބަންދުވެ، އޮފްކަމެއް (މިރަރ ޝައިން) ލިބިގެންދެއެވެ.




