








-
"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ޝިޢާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާ މަހާސިންތާ 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.
މި މަހާސިންތާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 2026 ސެޕްޓެމްބަރ 26 ވާ ހޮނިހިރު ދުވަހު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޚާއްޞަ އޮންލައިން ފޯމު މެދުވެރިކޮށް، 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަޖުރިބާ ހިއްސާކުރުމަށާއި، ދަޢުވަތުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ޖަމްޢިއްޔާތަކަށް ޚިޔާލު ހުށަހެޅުމުގެ މުހިންމު ފުރުޞަތުތަކެއް ފަހިވެގެންދާނެ ބައްދަލުވުމެކެވެ.

.jpg?w=3840&q=75)






