








ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންވީރު ސިންގް އަދި އަބީޝެކް ބެނަރޖީ . ކާމިޔާބު ފިލްމު 'ދުރަންދަރ' ގައި އޭނާ ކުޅެފައިވާ ޙަމްޒާގެ ރޯލަށް އެކްޓަރ އަބީޝެކް ބެނަރޖީ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައި.
ކާމިޔާބު ފިލްމު 'ދުރަންދަރ' ގައި ރަންވީރު ސިންގް ކުޅެފައިވާ 'ޙަމްޒާ' ގެ ރޯލަކީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު އެއް ހުށަހެޅުން ކަމަށް އެކްޓަރ އަދި ކާސްޓިންގ ޑައިރެކްޓަރ އަބީޝެކް ބެނަރޖީ ބުނެފިއެވެ.
އޭނާ އިތުރަށް ބުނިގޮތުގައި 'ޕަދްމާވަތު' ގައި ރަންވީރު ކުޅުނު މަޝްހޫރު 'ޢަލާއުއްދީން ޚިލްޖީ' ގެ ރޯލަށްވުރެ ''ދުރަންދަރ'' ގައި ކުޅުނު ރޯލަކީ މާ އުނދަގޫ ރޯލެއްކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
އަބީޝެކް ބުނިގޮތުގައި ޚިލްޖީއަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚުސިއްޔަތަކަށް ވުމުން، އެ ރޯލު ކޮންމެ މީހަކު ކުޅުނު ނަމަވެސް ފަސޭހައިން ބެލުންތެރިންގެ ސަމާލުކަން ލިބޭނެއެވެ. ނަމަވެސް ޙަމްޒާގެ ކެރެކްޓަރއަކީ ސީދާ ރަންވީރުގެ އަމިއްލަ ހުނަރުން، ވަރަށް ފުން އިހުސާސްތަކަކާއެކު ދިރުން ގެނެސްދީފައިވާ ރޯލެކެވެ. ޚާއްޞަކޮށް ފިލްމުގެ ދެވަނަ ބައިގައި އޭނާގެ އަންހެން ކޮއްކޮއަށްޓަކައި ޙަމްޒާ ގެ އިހުސާސްތައް ދައްކުވަެއިދޭ މަންޒަރުތަކުގައި ރަންވީރު ދައްކުވައިދިން ފަދަ ރުޅިވެރިކަމެއް ފިލްމަކުން ނުފެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށް އަބީޝެކް ބުންޏެވެ.
'ދުރަންދަރ' ފްރެންޗައިޒްގައި ރަންވީރު ދައްކުވައިދިން މި ތަފާތު އެކްޓިންގއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު، މި ފިލްމު ވަނީ ބޮކްސް އޮފީހުގައި 1،000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި ބޮޑު ރެކޯޑެއް މުގުރާލާފައެވެ.
ރަންވީރުގެ މި ކާމިޔާބީއާއެކު، އޭނާގެ ކުރިއަށް އޮތް ފިލްމު 'ޕްރަލޭ' އަށްވެސް ބެލުންތެރިން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.








