
.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)
.png?w=3840&q=75)



-
ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކޮށް، ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރެވޭނީ މަރުޚަލާތަކަކުން އަޅާ ފިޔަވަޅުތަކަކުން ކަމަށާއި، އެކަމަށް 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ނުވަތަ ހުރިހާ މުޢާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރެވޭ ގޮތަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރުމަކީ ހުރިހާ ސަރުކާރުތަކުންވެސް ދިއުމަށް ބޭނުންވާ މައިގަނޑު އަމާޒެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި، މިއީ ވަރަށް ގިނަ މަރުޚަލާތަކެއް ފުރިހަމަކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއީ އެއް ދުވަހުން ދެ ދުވަހުން ވާނެ ކަމެއް ނޫން. ރާއްޖެއިން ކޮށްފަވާ އިންވެސްޓްމަންޓްތަކާއި، ލޯނުތަކާއި އަދި މިފަދަ ހުރިހާ ކަމަކާ ގުޅިފަވާ ކަމެއް މިއީ. 10 އަހަރުގެ ރާސްތާއެއް ނަގާނެކަމަށް ބެލެވެނީ އެހިސާބަށް އެއްކޮށް ގެންދިއުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ބޭރު ފައިސާ ޚާއްޞަކޮށް ޑޮލަރު ގިނަ އަދަދަކަށް ބޭނުންކުރާ މަސްހުނި ނިޒާމެއް ކަމަށެވެ. އެހެންކަމުން، މިކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި ރިއާޔަތްކޮށް، މަސައްކަތްތައް ތަރުތީބުކުރެވިގެން ނޫނީ މިފަދަ ބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާއިން މުޢާމަލާތްކުރުމުގައި މިހާރު ހުޅުވިފައިވާ މާކެޓެއް އޮތް ނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަނީ އެ ޤައުމެއްގެ ރަސްމީ ފައިސާއަށް ބޭރު ފައިސާ މާރުކޮށްގެން އެތެރޭގެ މުޢާމަލާތްތައް ހިންގާ ނިޒާމެކެވެ.





.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)