
.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)




ދުވުން އަދި ބައިސްކަލު ދުއްވުން ފަދަ ކާޑިއޯ ކަސްރަތުތަކަކީ މުޅި ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، މޫނުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލު
މޫނާއި ކޯތާފަތުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ކަމަކީ 'ކާޑިއޯ' ނުވަތަ އެރޯބިކް ކަސްރަތު ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް، ހަމައެކަނި ހަށިގަނޑުގެ ވަކި ގުނަވަނަކުން ނުވަތަ ހަމައެކަނި މޫނުން ސަރުބީ ވިރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މޫނު ހިކިކޮށްލަން ބޭނުންވާނަމަ ޖެހޭނީ މުޅި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާށެވެ.
ދުވުމާއި، ބައިސްކަލު ދުއްވުމާއި، ފެތުން އަދި ހަލުވިކޮށް ހިނގުން ފަދަ ކާޑިއޯ ކަސްރަތުތަކަކީ ހަށިގަނޑުން ގިނަ އަދަދަކަށް ކެލަރީޒް އަންދާލައި، ސަރުބީ ވިރުވުމަށް އެންމެ ފައިދާހުރި ކަސްރަތުތަކެވެ.
އާންމުކޮށް ހަފްތާއަކު 150 އާއި 300 މިނެޓާ ދެމެދުގެ ވަގުތެއް ކާޑިއޯ ކަސްރަތުގައި ހޭދަކުރުމުން، މުޅި ހަށިގަނޑުގެ ބަރުދަން ލުއިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މޫނާއި ކޯތާފަތުގައި ހުންނަ ސަރުބީވެސް ވިރި، މޫނު ހިކިކޮށް ފެންނަން ފަށާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.
ކަސްރަތުގެ އިތުރުން ފައިދާހުރި ކާނާ ކެއުމާއި، ގިނައިން ފެން ބުއިމަކީވެސް މޫނުގެ ސިފަ ރީތިކޮށް ބެހެއްޓުމަށް މުހިންމު ކަންކަމެވެ.

.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)