
.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)



.jpeg?w=1920&q=75)
ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ 'ސްލީޕް ޑެބްޓް' އުފެދި، އޭގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް
'ސްލީޕް ޑެބްޓް' ނުވަތަ ނިދީގެ ދަރަންޏަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމުގެ ސަބަބުން ޖަމާވަމުންދާ ނިދީގެ މަދުވުމެވެ.
މިއީ މީހާއަށް ބޭނުންވާ ނިދީގެ ގަޑިއާއި، ކޮންމެ ރެޔަކު އަސްލު ނިދޭ ގަޑިއާ ދެމެދު އުޅޭ ފަރަގެވެ.
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ގަވާއިދުން ފުރިހަމަ ނިދި ނުލިބޭނަމަ މީހާގެ ހަށިގަނޑަށާއި ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުރެއެވެ. އޭގެ ތެރޭގައި، އަބަދު ވަރުބަލިވެފައި ހުރުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމާއި، މޫޑު ގޯސްވުން ހިމެނެއެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް ނިދި މަދުވެއްޖެނަމަ، ހަކުރުބަލި، ހިތުގެ ބަލިތައް އަދި ދިފާޢީ ނިޒާމު ބަލިކަށިވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ސިއްހީ މާހިރުން އިންޒާރުދެއެވެ.
ނިދީގެ މި ދަރަނިން ސަލާމަތްވުމަށްޓަކައި، ގެއްލޭ ނިދި އަލުން ހޯދަން މަސައްކަތްކުރުން މުހިންމެވެ. އެގޮތުން ބަންދު ދުވަސްތަކުގައި ނުވަތަ ހުސްވަގުތުތަކުގައި ތަންކޮޅެއް ގިނައިރު ނިދުމާއި، ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދަން އާދަކުރުމަކީ 'ސްލީޕް ޑެބްޓް' ފިލުވައިލުމަށް ކުރެވިދާނެ ކަންކަމެވެ.
މީގެ އިތުރުން ނިދުމުގެ ކުރިން ސްކްރީންތަކާ ދުރުވުމަކީވެސް ފުން ނިންޖެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)