
.jpg?w=3840&q=75)







-
ނޯތު ސައިޕްރަސްގެ އައްސޭރިފަށުގެ ބޭރުން، 260 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ކެޓަމަރާން ސްޓައިލްގެ ފެރީއެއް ބަންޑުންޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި މަދުވެގެން އެކަކު މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކައިރީނިއާ (ގިރްނޭ) ބަނދަރުން ފުރައިގެން ދަތުރުކުރި މި އުޅަނދު އަޑިއަށްދާން ފަށާފައިވަނީ އައްސޭރިފަށާ މަދު ކިލޯމީޓަރުތަކެއް ބޭރުންނެވެ. ތުރުކީގެ ސްޓޭޓް ނިއުސް އެޖެންސީ އަންޑަލޫއަށް މަޢުލޫމާތު ދެއްވަމުން ނޯތު ސައިޕްރަސްގެ ޓްރާންސްޕޯޓް މިނިސްޓަރު އެރްހާން އަރިކްލީ ވިދާޅުވީ، ފެރީ ބަންޑުންޖަހާލުމުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޯތު ސައިޕްރަސްގެ ބޮޑުވަޒީރު އުނާލް އުސްތެލް ހާމަކުރެއްވި ގޮތުގައި މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ 267 މީހުން ތިއްބެވެ.
އަދި ރެސްކިއު ޓީމުތަކުން މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ މީހުން ސަލާމަތްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނޯތު ސައިޕްރަސްގެ ހެލްތު މިނިސްޓްރީން ބުނީ، އަނިޔާވި މީހުންނަށް ކުއްލި ފަރުވާ ދިނުމަށްޓަކައި ސަރަހައްދުގެ ހޮސްޕިޓަލްތައް އެލާޓަށް ގެނެސް، ސިއްހީ ޚިދުމަތްތެރިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
އަދި ކަނޑުން ސަލާމަތްކުރެވޭ މީހުން ގިރްނޭ ޕޯޓަށް ގެންގޮސް، ފަރުވާއަށް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

.jpg?w=3840&q=75)


