






.jpg?w=3840&q=75)

221015075639-03-turkey-coal-mine-explosion
ތުރުކީވިލާތުގައި ބޯޓު ދެލިނަގާ މައިނެއް ގޮވައި ހިނގި ހާދިސާގައި 41 މީހަކު މަރުވެއްޖެއެވެ.
ތުރުކީވިލާތުގެ އިންޓީރިއާ މިނިސްޓަރ ސުލައިމާން ސޮއިލޫއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެހާދިސާ ހިނގިއިރު މައިންގައި މަސައްކަތްކުރަމުންދި 110 މީހުންގެ ތެރެއިން 58 މީހަކު ވަނީ ސަލާމަތްކޮށްފައި ކަމަށެވެ.
"އެތަނުގައި އަދިވެސް ހުރީ އަލިފާން ރޯވެފައި. މައިނަރުންނާއި ޓީމުތަކުން ވަނީ އިތުރު މީހުން ސަލާމަތްކުރުމަށް ވަރަށް މަސައްކަތް ކޮށްފައި." ސޯއިލޫ ވިދާޅުވި އެވެ.
އެގައުމުގެ އެނާޖީ މިނިސްޓަރު ފާތިހު ޑޮންމޭޒާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މައިންގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ބިންގަނޑުގެ 350 މީޓަރު އަޑިން ހިނގި މި ހާދިސާއަށް ފަހު އަލިފާން ނިއްވުމާއި ފިނިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ތުރުކީގެ އިސްތަންބޫލްގެ ދެކުނުން 350 ކިލޯމީޓަރު (217 މޭލު) ދުރުގައި އޮންނަ ހުޅަނގުގެ އަވަށެއް ކަމަށްވާ ސޯމާގައި 2014 ވަނަ އަހަރު ހިނގި އެންމެ ނުރައްކާތެރި ކާރިސާގައި 301 މަސައްކަތްތެރިން ވަނީ މަރުވެފަ އެވެ.




