






.jpg?w=3840&q=75)
04dc424ec3a34d9c72cac6a1b8d9e73e
ތުރުކީވިލާތުގައި ރެފިއުޖީންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ސޫރިޔާގެ 25،000 އަށްވުރެ ގިނަ ރައްޔިތުން ތުރުކީއިން ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ރީލޮކޭޝަން ޕްރޮގްރާމެއްގެ ދަށުން، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް 10،000 އެއްހާ ސޫރިޔާގެ ރައްޔިތުން ދަތުރު ކޮށްފައިވާއިރި، 15،000 އަށްވުރެ ގިނަ މީހުން އެހެނިހެން ގޮތްގޮތުން ޔޫރަޕުގެ އެކި ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ހިޖުރަވެރިންނާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކާއި، ތުރްކީއިން ރެފިއުޖީން ޑީޕޯޓް ކުރުމަށް ގޮވާލާ ގޮވާލުންތަކުގެ ސަބަބުން ސޫރިޔާގެ އެތައްހާސް ރައްޔިތުން ވަނީ ތުރުކީވިލާތް ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކޮށްފައެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ޔޫރަޕަށް ހިޖުރަކުރި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާއި މެއި މަގާއި ދޭތެރޭ ސީރިއާގެ 86،420 ރެފިއުޖީން އީޔޫގެ މެމްބަރު ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.




