
.jpg?w=3840&q=75)







ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު، ޑައިރެކްޓަރ އާރްތީ ކަދަވްގެ އައު ފިލްމެއްގައި މަސައްކަތްކުރަން ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަރްމަން ބާވޭޖާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑް ރޯލުން ކަރީނާ ފެނިގެންދާނެ ކަމަށް މީޑިއާތަކުގައި ވަރަށް ބޮޑަށް އަޑުފެތުރި ނަމަވެސް ކަރީނާއާ ގާތް ފަރާތަކުން ވަނީ މި ޚަބަރުތައް ދޮގުކޮށްފައެވެ.
އެ ފަރާތުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އެފަދަ އެއްވެސް ޕްރޮޖެކްޓެއްގައި ކަރީނާ ސޮއިކޮށްފައެއް ނުވެއެވެ. އަދި އޭނާ މިވަގުތު އެ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ނުދާ ކަމަށްވެސް ވަނީ ބުނެފައެވެ.
އާރްތީ ކަދަވް އަކީ ތަފާތު ކޮންސެޕްޓްތަކަށް ފިލްމު ހެދުމަށް މަޝްހޫރު ޑައިރެކްޓަރަކަށް ވުމާއެކު، އޭނާއާއި ކަރީނާ އެކުގައި ފިލްމެއް ހަދާކަމުގެ ޚަބަރާއެކު ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އުފާވެފައެވެ. އެހެންނަމަވެސް މި ޚަބަރުތައް ދޮގުކުރުމާ ގުޅިގެން، ފޭނުންނަށް މިވަނީ މާޔޫސްކަން ލިބިގެންގޮސްފައިއެވެ.

.jpg?w=3840&q=75)


