





.jpeg?w=3840&q=75)


-
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން 2026 އޮގަސްޓު 23 އިން 29 ގެ ނިޔަލަށް ހިނގި އެކިއެކި ހާދިސާތަކާ ގުޅިގެން ޖުމްލަ 16 ހާދިސާއަކަށް އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްގެ ހަފުތާގެ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުގައި، މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 13 ހާދިސާއަކަށް އިޖާބަދީފައިވާއިރު، ނުރައްކާތެރި މާއްދާތަކާ ގުޅޭ (ހެޒްމެޓް) އެއް ހާދިސާއާއި، ކުއްލި ސިއްހީ ފަރުވާއަށް މީހުން އުފުލުމުގެ (މެޑިކަލް އިވެކުއޭޝަން) ދެ ހާދިސާއެއް ހިމެނެއެވެ.
ނަމަވެސް، މި ހަފުތާގައި ޑިޒާސްޓަރ އަދި ރެސްކިއުގެ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ.
ސަރަޙައްދުތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާތައް ހިނގައިގެން ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުންނެވެ. މާލެ އޭރިއާއިން 12 ހާދިސާއަކަށް ސިފައިން އެޓެންޑްވެފައިވާއިރު، ސަދަން އޭރިއާ ކޮމާންޑުން ވަނީ 4 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި ނޮދަން އޭރިއާ އަދި ސެންޓްރަލް އޭރިއާ ކޮމާންޑުން މި މުއްދަތުގައި އެއްވެސް ހާދިސާއެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.




