
.jpg?w=3840&q=75)







-
ނޭޕާލުގައި ހިނގި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 788 އަށް އަރައިފި ކަމަށް އެ ޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
މި ކާރިސާއާ ގުޅިގެން މީގެ ކުރިން ނޭޕާލުގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއާރުއާރުއެމްއޭ) އިން ރިޕޯޓްކޮށްފައިވަނީ 752 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް، ފަހުން ލިބުނު މަޢުލޫމާތުތަކާއެކު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 788 އަށް އުފުލިފައެވެ.
މީގެއިތުރުން، މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ 3,000 އާ ގާތްކޮށްފައެވެ. އޭގެ ތެރޭގައި ނޭޕާލުން ގެއްލުނު 2,400 މީހުންނާއި، ޓިބެޓުން ގެއްލުނު 546 މީހުން ހިމެނެއެވެ.
ހިމާލިޔާ ބޯޑަރުގެ ދެފަރާތުގައިވެސް ކާރިސާގައި ގެއްލިފައިވާ މީހުން ހޯދުމަށާއި، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ހިންގާ ބޮޑެތި ރެސްކިއު އޮޕަރޭޝަންތައް އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގީ ބުދަ ދުވަހު ހިމާލިޔާގެ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، އައިސް އަދި ކިސަޑާއި ހިލަތަކާއެކު އައި ފެންގަނޑު ވާދީތަކުގެ ތެރެއަށް ފައިބައިގަތުމުންނެވެ. މި ބާރުގަދަ އޮއިވަރުގައި މުޅި އަވަށްތައް އެއްކޮށް ވަޅުލެވި، މަގުތަކާއި ބުރިޖުތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްލާންޓްތައް ވަނީ ބިމާ ހަމަވެފައެވެ.

.jpg?w=3840&q=75)


