





.jpeg?w=3840&q=75)


-
ކަނޑިމާ މޯލްޑިވްސްގެ "ސަމަރ ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޅިވަރާއި، އުފެއްދުންތެރިކަމާއި، ހަރަކާތްތެރި ދިރިއުޅުމަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސަމަރ ކޭމްޕުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ފުޓްބޯޅައާ ގުޅުވައިގެން މެހެމާނުންނަށް ހިންގި ޚާއްޞަ ހަރަކާތްތަކަށެވެ.
އެގޮތުން، ދުނިޔޭގެ ފްރީސްޓައިލް ފުޓްބޯލް ޗެމްޕިއަން ލިއާ ލުވިސް އަދި ނޯލަން ކަޝޫ ވަނީ ކަނޑިމާގެ ގޮނޑުދޮށުގައި ފްރީސްޓައިލް ހުނަރުތައް ދައްކާލައި، ހުރިހާ އުމުރުފުރައެއްގެ މެހެމާނުންނަށް އަމާޒުކޮށްގެން މާސްޓަރކްލާސްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، ޕޯޗުގަލްގެ މިޑްފީލްޑަރު ޕައުލޯ ބެރނާޑޯވެސް ވަނީ ކަނޑިމާއަށް ޒިޔާރަތްކޮށް، މެހެމާނުންނާއި މުވައްޒަފުންނާއެކު އެކުވެރިކަމުގެ މެޗުތައް ކުޅެ، ތަފާތު ހަރަކާތްތަކެއްގައި ބައިވެރިވެފައެވެ.
ކަނޑިމާއަކީ މީގެ ކުރިންވެސް މާރިއޯ ބަލޮޓެލީ، އެޑަސަން، ޖޯ ގޯމޭޒް، ޑެނިއަލް އަގަރ އަދި ވެސް ބްރައުން ފަދަ މަޝްހޫރު ފުޓްބޯޅަ ތަރިން ޒިޔާރަތްކޮށްފައިވާ މަންޒިލެކެވެ.
ސަމަރ ކޭމްޕުގެ ތެރެއިން ކުޑަކުދިންނަށް ޚާއްޞަ މިޔުޒިކް ކްލާސްތަކާއި، ރަނިންގ ކްލަބް، ޓެނިސް، ޔޯގާ އަދި ވޯޓަރ ސްޕޯޓްސްގެ ތަފާތު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ކުލަ އާޓް އިނިޝިއޭޓިވްގެ "އާޓް ފޯރ ބަޔޯޑައިވަރސިޓީ" މައުރަޒުގެ ދަށުން، އޮސްޓްރިއާގެ މަޝްހޫރު އާޓިސްޓް ޕެޓްރާ މެއިޓްޒްއާއެކު ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 5 އަށް ޚާއްޞަ ވޯކްޝޮޕްތަކަކާއި ކްރާފްޓް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކަނޑިމާ މޯލްޑިވްސްއިން މިހާރު ދަނީ އަންނަ އޮޓަމް ސީޒަނަށް ޚާއްޞަކޮށްގެން "އޮކްޓޯބަރ އެޑްވެންޗަރސް" ގެ ނަމުގައި އައު ހަރަކާތްތަކެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުންނެވެ. އަދި މި މުއްދަތުގައި ކަނޑިމާގެ ވެބްސައިޓް މެދުވެރިކޮށް ބުކިންގ ހަދާ ފަރާތްތަކަށް %55 އާ ހަމައަށް ޚާއްޞަ ޑިސްކައުންޓެއް ލިބޭނެ ފްލޭޝް ސޭލެއްވެސް ވަނީ ހުޅުވާލާފައެވެ.




