








-
އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހިންގުމަށްޓަކައި ސަރުކާރުން އުފެއްދި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް މާކެޓިން އޮފިސަރު އައިޝަތު ޒަމްރާ ޒާހިރު އައްޔަންކޮށްފިއެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ކުންފުނީގެ ބޯޑުގައި ގިނައިން ހިމެނިވަޑައިގަންނަވަނީ ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީގެ މާލީ އަދި ހިންގުމުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ.
ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
ކުންފުނިތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން މި ކުންފުނި އުފައްދަވާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ހަންކެޑެ މަޝްރޫއު ރޭވުމާއި، އަމަލީ ގޮތުން ހިންގުމުގެ އިތުރުން އެ މަޝްރޫއުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަދާކުރުމެވެ.




