
.png?w=3840&q=75)







ބްރެޑްލީ ބާކޯލާ
ޔޫރަޕްގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެގައުމުގެ ހުނަރުވެރި ފޯވާޑް ބްރެޑްލީ ބާކޯލާ 120 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލަށް ވިއްކާލުމާއި މެދު ދެކުލަބުން އެއްބަސްވުމަކާއި ގާތައް ދެކުޅަބުން އައިސްފައިވާކަށް ރިޕޯޓްތައް ބުނެފިއެވެ.
މި ޓްރާންސްފާގެ އެންމެ ފަހުގެ ތަފްސީލުތަކާ ގުޅޭގޮތުން އަދިވެސް ދެ ކްލަބުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާތީ މި ޑީލް މުޅިން ފައިނަލްވެފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާތަކުގައި މިހާރު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި ހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ބާކޯލާގެ އަގާ މެދު ދެ ކްލަބުގެ ދެމެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިއިރު، ޕީއެސްޖީން ފުރަތަަމަ އެދުނީ ބާކޯލާ ވިއްކާލެވެނޭ އަގަކީ ގާތްގަނޑަކަށް 145 މިލިއަން ޕައުންޑްކަމަށެވެ.
ނަމަވެސް ގިނަ މަޝްވަރާތަކަކަށްފަހު މިއަގު 120 މިލިއަން ޕައުންޑަށް ކުޑަކުރުމަށް ޕީއެސްޖީއާކު ލިވަޕޫލުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ޓްރާންސްފާ ފުރިހަމަވެ، އުމުރުން 23 އަހަރުގެ ބާކޯލާ ލިވަޕޫލަށް ބަދަލުވެއްޖެނަމަ، އޭނާއަކީ ލިވަޕޫލްގެ ތާރީޚުގައި ވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށްވާނެއެވެ.
އެ ކްލަބުގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ރެކޯޑް އަދިވެސް އޮތީ މިދިޔަ ހޫނުމޫސުމުގައި ނިއުކާސަލް ޔުނައިޓެޑުން 125 މިލިއަން ޕައުންޑަށް ގެނައި އެލެކްޒެންޑާ އިސާކްގެ އަތުގައެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގެ މުއްދަތު ހަމަވުމުގެ ކުރިން ބާކޯލާގެ ޑީލް ނިންމާލެވިއްޖެނަމަ، އެ ކްލަބުގެ ފޯވާޑް ކޯޑީ ގަޕޯ ޓީމު ދޫކޮށް ދިޔުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
އެގޮތުން ނެދަލެންޑްސްގެ ފޯވާޑް ގައްޕޯ ހޯދުމަށް ޓޮޓެންހަމް އިތުރުން މެންޗެސްޓާ ސިޓީން ވެސް ވަނީ މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

.png?w=3840&q=75)


