
މާލޭގެ މަގުމަތީގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ
ޓްރެފިކް ބެލެހެއްޓުމަށް މަގުމަތީގައި ހުރި ފުލުހެއްގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާތޮޑާއަވަށް، ހަތި، ގދ.ފަރެސްމާތޮޑާ، ސާއިން އަބްދުލްގައްޔޫމް، (23އ) ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:34 ހާއިރު، ޗާންދަނީމަގާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރުމާއި ގުޅިގެންނެވެ. އަދި އޭނާ ހައްޔަރުކޮށް ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ފުލުސް މީހާއަށް އަނިޔާވިނަމަވެސް އެއްވެސް ސީރިއަސް އަނިޔާއެއްވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސާއިން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

.png?w=3840&q=75)




.png?w=3840&q=75)






.png?w=3840&q=75)


