
.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)



.png?w=3840&q=75)
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގއ.މާމެންދޫ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަލްފާ/ ގއ.މާމެންދޫ، ޢާޞިފް އާދަމް (45އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ޕޮލިހާއި އަޕާ ސައުތު ޕޮލިސް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމު ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ. މި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެއިން އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވާއިރު، އޭގެ ވަގުތީ ބަރުދަނަކީ 37 ގުރާމެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)
.png?w=3840&q=75)


