
.png?w=3840&q=75)







-
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރި ގެސްޓްރޯއެންޓްރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތްތައް، ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިއަދު އެހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު، ވަޒީރު ޤީލާ ޢަލީ ވަނީ އަލަށް މި ޚިދުމަތްތައް ދިނުމަށް އެ ހޮސްޕިޓަލުގައި ޤާއިމުކުރެވުނު ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ހުރި ވަސީލަތްތަކާއި އިންތިޒާމުތައް ބައްލަވާލައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލަށް އަލަށް އިތުރުކުރެވުނު މި މުހިންމު ޚިދުމަތްތަކާއެކު، ބަނޑާއި ގޮހޮރުގެ ބަލިތަކާއި، ނާރުގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ސްޕެޝަލިސްޓް ފަރުވާ ހޯދުމަށް ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއެވެ.

.png?w=3840&q=75)






