
.png?w=3840&q=75)







ޑައިރެކްޓަރ މެގްނާ ގުލްޒާރު އަދި ބަތަލާ ކަރީނާ ކަޕޫރު ޚާން. 'ދާއިރާ' ފިލްމުގައި ކަރީނާގެ ފަރާތުން މުޅިން ތަފާތު، މީގެ ކުރިން ނުފެންނަ ފަދަ އެކްޓިންގއެއް ފެންނާނެކަމަށް މެގްނާ ވަނީ ފާހަގަކޮށްފައި
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ މެގްނާ ގުލްޒާރު، އޭނާގެ ކުރިއަށް އޮތް ފިލްމު 'ދާޔްރާ' ގައި ބަތަލާ ކަރީނާ ކަޕޫރު ޚާން ދައްކުވައިދީފައިވާ މޮޅު އެކްޓިންގއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.
މެގްނާ ބުނެފައިވަނީ މި ފިލްމުން ކަރީނާގެ މުޅިން އައު، އަދި މީގެ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ތަފާތު ސިފައެއް ފެނިގެންދާނެ ކަމަށެވެ.
ކަރީނާއަކީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ވަރަށް ތަފާތު ގިނަ ރޯލުތަކެއް ކުޅެފައިވާ ކުޅަދާނަ ތަރިއެއް ނަމަވެސް، މެގްނާ ގުލްޒާރު ޔަގީންކަން ދީފައިވަނީ 'ދާޔްރާ' ގައި ކަރީނާ އަދާކޮށްފައިވާ ރޯލަކީ ބެލުންތެރިންނަށް މުޅިން އައު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
ޙަޤީޤީ ހާދިސާތަކާއި، މޮޅު ވަރުގަދަ ފިލްމުތައް ސްކްރީނަށް ގެނެސްދިނުމަށް މަޝްހޫރު މެގްނާގެ މި ބަސްތަކާއެކު، ސަޕޯޓަރުންގެ މެދުގައި ފިލްމަށް އޮތް ޝައުޤުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ފިލްމަކީ ކަރީނާ އާއި މެގްނާ ގުލްޒާރު އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ދެ ފަންނާނުންގެ ހުނަރު އެކުވެގެން އުފެދޭ މި ފިލްމުން ފެނިގެންދާނެ ކަރީނާގެ ތަފާތު އެކްޓިންގ ބަލާލުމަށް އާންމުންނާއި ފިލްމީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން މިހާރު ތިބީ ކެތްމަދުވެފައެވެ.

.png?w=3840&q=75)


