
.png?w=3840&q=75)







އާލިއާ ބަޓް އަދި ޝާހީން ބަޓް. މި ދެބެން ގުޅިގެން ގެނެސްދޭ ފިލްމު 'ޑޯންޓް ބީ ޝައި' ގެ ޓީޒަރ މިހާރު ވަނީ އާންމުކޮށްފައި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އަދި އޭނާގެ ދައްތަ ޝާހީން ބަޓް ގުޅިގެން ގެނެސްދޭ އައު ފިލްމު 'ޑޯންޓް ބީ ޝައި' ގެ ޓީޒަރ ރަސްމީކޮށް އާންމުކޮށްފިއެވެ.
މިއީ ޒުވާން އުމުރުގެ ކަންކަން ދައްކުވައިދޭ ފިލްމެކެވެ.
އެގޮތުން އާންމުކޮށްފައިވާ މި ފިލްމުގެ ޓީޒަރއިން ފެނިގެންދަނީ ޒުވާން ދުވަސްވަރުގެ ލޯތްބާއި، ރަހުމަތްތެރިކަމުގެ ގުޅުންތަކުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ހަލަބޮލި އަދި މަޖާ ކަންތައްތަކެކެވެ.
އާލިއާ އަދި ޝާހީންގެ މި ޕްރޮޖެކްޓަކީ ޒުވާނުންނާ ވަރަށް ގުޅޭނެ، ޝައުޤުވެރި ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއްކަން ޓީޒަރއިން ހާމަވެއެވެ.
ފިލްމުގެ ޓީޒަރ އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ މި ފިލްމަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އާލިއާ ބަޓް ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ފާހަގަކުރެވެމުން އަންނައިރު، އޭނާގެ ދައްތައާއެކު ގެނެސްދޭ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ތަފާތު ފިލްމެއްކަމަށް ބެލެވެއެވެ

.png?w=3840&q=75)


