

%20(3).jpeg?w=3840&q=75)





ދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކަކީ ދިރާސާކޮށް، މަޝްވަރާކުރުމަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑީއާ ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑޮލަރުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުން ކިޔަމުންދާ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ މިއީ އިހްތިސޯދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި، ކުރިން ގާނޫނުގައި އޮވެ ތނަްފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށެވެ.
ރައީސް ވިދާޅުވީ ސިޔާސީ ބޭފުޅުން އެކި ގޮތްގޮތައް ވާހަކަދެއްކިނަމަވެސް، އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ." ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި، ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީވެސް ފެކްޓް ބޭސްޑްކޮށް ކުރާ ކަންކަން ކަމަށެވެ. އެގޮތުން ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިން އެތައް، ދުވަހެއްގެ މަޝްވަރާއަކާއި، ޓެކްނިކަލް އިވޭލުއޭޝަންތަކާއި، ދިރާސާތައް ހެދުމާއި، އެކަމާއި ހަވާލުވެ ތިއްބެވި ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން މި ބަލުތައް ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ."އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މިކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަން ކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ." ރައީސް ވިދާޅުވިއެވެ.
އެމްއެމްއޭއިން ދަނީ ބޭންކިން ސިނާއަތް ކުރިއަރުވައި ސިނާއަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިވަރު ނިންމުންތައް މިހާރުވެސް ނިންމައި އަމަލުކުރަން ވަނީ ފަށާފަ އެވެ.





%20(3).jpeg?w=3840&q=75)
