








-
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ތަޢުލީމީ އަދި ޢަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާޙައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުޞަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8,000/- (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާގެ އިތުރުން މެންޓަރޝިޕާއި ފަންނީ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އޭގެ ތެރޭގައި ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ކަމާގުޅޭ އޮޕަރޭޝަނަލް ތަމްރީނުތައް ހިމެނެއެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި، އެމްޓީސީސީން ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު 26 އޮގަސްޓު 2026 އިން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ވެބްސައިޓުގެ ކެރިއަރ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި އިތުރު މަޢުލޫމާތު ކުންފުނީގެ ހޮޓްލައިން 1650 އިން ލިބޭނެއެވެ.




