








-
. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މުހިންމު މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން މާކުރަތުގެ ބައު އަދި އައު ބަނދަރު ފުންކުރުމާއި މަރާމާތުކުރުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
މި މަޝްރޫޢު އެއްކޮށް ނިމުމުން، ރ. މާކުރަތުގެ ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.




