
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 724 މިލިޔަން ރުފިޔާ ލިބުނުއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 501 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %44.5 އިތުރު އަދަދެކެވެ.
ހިންގުމުގެ ޚަރަދުގެ ގޮތުގައި 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި 101 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދައްކާއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 29 މިލިޔަން ރުފިޔާއެވެ. މިއީ %245 އިތުރު އަދަދެކެވެ.
މާލީ ހިސާބުން ހާމަވާގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ، 69 މިލިޔަން ރުފިޔާއެވެ. އަދި 3 ވަނަ ކުއާޓަރުގައި ލިބިފައިވަނީ، 15 މިލިޔަން ރުފިޔާ ލިބިފައުވާއިރު، މިއީ %339 އިތުރު އަދަދެކެވެ.
މީގެއިތުރުން 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ ލިބުނުކަމަށް ދައްކާއިރު، އެ އަހަރުގެ 3 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 13 މިލިޔަން ރުފިޔާއެވެ. މިއީ %370 އިތުރުވުމެކެވެ.










.jpg?w=3840&q=75)




