


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)




ހޮރްމުޒް ކަނޑުއޮޅީގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އަޅާފައިވާ ހުރިހާ މައިންތަކެއް ނަގައި އަދި ގޮއްވާލައިގެން އެ ސަރަޙައްދު މިހާރު ސާފުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅީގެ ބައިނަލްއަޤްވާމީ ސަރަޙައްދުގައި ހުރި ހުރިހާ މައިންތަކެއް ނައްތާލެވިފައިވާ ކަމުގެ މަޢުލޫމާތު އެމެރިކާގެ ނޭވީން މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، އެ ސަރަޙައްދުގައި އަލުން މައިން އެޅުމަށް މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިރާނަށް ދީފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެގޮތުން، އަލަށް މައިން އަޅަން އުޅޭ ކޮންމެ ބޯޓެއް ނުވަތަ އުޅަނދެއް ވަގުތުން އަދި ނިޒާމީ ގޮތެއްގައި ފުނޑުފުނޑުކޮށްލާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ، ކަނޑުމަގުގައި މައިން އެޅުމާ ދެކޮޅަށް ގެންގުޅޭ "ޒީރޯ ޓޮލަރެންސް" (އެއްވެސް މިންވަރަކަށް ދޫނުދިނުމުގެ ސިޔާސަތު މިހާރު ފުރިހަމަ ބާރާއެކު ތަންފީޒުކުރެވެމުންދާ ކަމަށެވެ.



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



