



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



އެމެރިކާއިން އިރާނަށް ދާދި ފަހުން ވަރުގަދަ ހަމަލާއެއްދޭން ތައްޔާރުވެފައިވަނިކޮށް ހަމަލާ ދިނުމުގެ ވިސްނުން އެމެރިކާއިން ދޫކޮށްލީ އިރާނުން ދީފާނެ ރައްދު ހަމަލާ މާ ވަރުގަދަވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބުމުންކަމަށް އެގައުމުގެ އިސްއޮފިޝަލުންތަކަކާއި ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާގެ އިސް އޮފިޝަލުންނާއި ގާތް ގުޅުމެއް އޮންނަ އެގައުމުގެ އެކްސިއޯސްއިން މިރޭ ރިޕޯޓުކޮށްފައިވާގޮތުގައި އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެމެރިކާއިން އޮތީ އިރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި އެވެ. ނަމަވެސް އިރާނުން ބަދަލުގައި ދީފާނެ ރައްދު ހަމަލާތަކުން ސަލާމާތްވުމަށް އެމެރިކާވެސް އަދި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އިސްރާއީލުވެސް އޭރު ތައްޔާރު ނޫންކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.
މިގޮތުން އީރާނަށް ހަމަލާ ނުދޭން ޓްރަމްޕް ނިންމެވީ އެ ސަރަހައްދުގައި އެކަށީގެންވާ މިންވަރަށް އަސްކަރީ އާލާތްތައް ނެތުމުން ކަމަށާއި އިރާނުން އޮތީ ވަރުގަދަ ބަދަލު ހަމަލާތަކެއް ދިނުމަށް ތައްޔާރުވެގެންކަން އެމެރިކާއާއި ގާތް ގުޅުންތައް އޮންނަ ގައުމުތަކުން ޓްރަމްޕަށް އެންގެވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ވަކީން ޚާއްސަކޮށް އިސްރާއީލުގެ ބޮޑުވަޒީރު އަނިޔާވެރި ނަތަންޔާހޫގެ އިސް އެޑްވައިޒަރުންވެސް އިރާނަށް އެވަގުތު ހަމަލާދީފިނަމަ އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ލިބިދާނެ ކަމުގެ ބިރު ބޮޑުކަން ޓްރަމްޕަށް އެންގެވި ކަމަށް އޮފިޝަލުން ވަނީ އެކްސިއޯސްއަށް މައުލޫމާތު ދީފައި އެވެ.
އިރާނަށް ހަމަލާދިނުން ޓްރަމްޕު މަޑުޖައްސާލީ އިރާނާއިއެކު ކުރެވުނު ސިއްރު މަޝްވަރާތަކަކާއި ގުޅިގެންކަމަށް މީގެ ކުރީން ރިޕޯޓުތައް ބުނި ނަމަވެސް އެއީ ޓްރަމްޕު ހަމަލާތައް މަޑުޖައްސާލި ސީދާ ސަބަބު ނޫންކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައި އެވެ.
އެމެރިކާގެ ހަމަލާއަކުން ސަލަމާތްވުމަށް އިރާނު އޮތީ އޭރު ފުރިހަމައަށް ތައްޔާރުވެފައިއެވެ. އެގޮތުން އެމެރިކާއިން މިދިޔަ އަހަރު އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިން ނަމަވެސް އެމަރުކަޒުތައް އަލުން އާރާސްތުކޮށްފައިވާކަމުގެ މައުލޫމާތު ވެސް ހަމަލާތައް ދިނުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެމެރިކާގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިރާނަށް ހަމަލާތަކެއް ދޭން ތައްޔާރުވީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް ބަޔަކު ނުކުމެ މުޒާހަރާތަކެއްކޮށް އިރާނުގެ މަޝްރަހު ހޫނުވެފައިވާ ކަމަށްބުނެ އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ނިޔަތުގައި އެވެ. ނަމަވެސް އިރާނުން ވަނީ އެގައުމުގައި މަސްލަހަތު ނަގާލީ އެމެރިކާއާއި އިސްރާއީލު ސަރުކާރުން ގުޅިގެން ކަމަށް ބުނެފައި އެވެ. އަދި އެކަމަށް ބާރުދޭ ހެކިތައްވެސް ދުނިޔެއަށް އާންމުކޮށްފައި އެވެ.




.jpg?w=3840&q=75)



