
.jpeg?w=3840&q=75)

.jpeg?w=3840&q=75)





އަލިމަސް ކާނިވަލް ސަރަހައްދު- ފޮޓޯ: ސޯޝަލް މީޑިއާ
ކާނިވަލް ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކާނިވަލް ސަރަހައްދުގައި ހުންނަ ސްޓޭޖްގެ މަތިން ދަނގަޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ފީވެ، ހަލަކުވެގެން އޭގެ ބައެއް ބައިތައް ވެއްޓެމުންދާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދަށް ވަދެ ނިކުމެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސްޓޭޖްގެ ދަގަނޑުން ހަދާފައިވާ ބައިތައް ރޫޅާލާ އެތަކެތި ނަގާ ތަން ހުސްކުރުމަށް ނިިންމާފައިވާ ކަމަށެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުންނާއި، ވެހިކަލްތައް ދުއްވާ ބަލަހައްޓާ ފަރާތްތަކުން މި މަސައްކަތް ނިމެންދެން އެ ސަރަހައްދުން ވެހިކަލްތައް ނަގައި، މިރޭ 11:30 ގެ ކުރިން އެތަން ހުސްކުރުމަށް އެދިފަ އެވެ.
ހަމައެއާއެކު މި މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ހިނގާމީހުންނާއި ދުއްވާ އެއްޗެހި ވަދެ ނުހެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.

.jpeg?w=3840&q=75)

.jpeg?w=3840&q=75)
