








-
2026 ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި، ފުލުހުން ކުރި ތަހުގީގީ މަސައްކަތުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި އުޅަނދު ދެނެގަނެ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އެ ދޯނި ފެނިފައިވަނީ 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައެވެ.
އެ އުޅަނދު ފެނުމާއެކު ފުލުހުން ވަނީ އެތަނަށް ގޮސް ދޯނި ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަނާ ވަނީ ސުވާލުކޮށްފައެވެ. މީގެ އިތުރުން، މި ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އެ ދޯނީގެ ކެޕްޓަންގެ ލައިސަންސްވެސް ހިފަހައްޓާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، މި އެކްސިޑެންޓާ ގުޅޭ އިތުރު ތަހުގީގުތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.







.jpeg?w=3840&q=75)
