








-
ޑައިވިންގ ހާދިސާތަކާއި ކަނޑުމަތީގެ އެކިއެކި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހަދިޔާކޮށްފިއެވެ.
މި ޔުނިޓު އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ "ހައިޕަބެރިކްސް ޔޫރަޕް" ގެ ފަރާތުންނެވެ.
އިންޓަގްރޭޓެޑް ހެޑްކުއާޓާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން މި ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިންގ ކުއްލި ހާދިސާތަކާއި އެ ނޫންވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަނިޔާވާ މީހުންނާއި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.
މިއީ ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ސިފައިން ހިންގާ ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތަކުގެ ޤާބިލުކަން އިތުރުވެގެންދިޔަ މުހިންމު ކުރިއެރުމެކެވެ.




