ރ. އަތޮޅުގައި ދުއްވާ ރާއްޖެ ޓްރާންސްޕޯޓް ލިންކު - އާރްޓީއެލްގެ ހައި-ސްޕީޑް ފެރީ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެއެވެ.
މިއަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:45 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.
މި ހާދިސާ ހިނގި ލޯންޗު ހާދިސާ ހިނގި ވަގުތު އޮތީ ރ. އުނގޫފާރު ބަނދަރުގައެވެ. ލޯންޗުގައި އަލިފާނުގެ ހާދިސާ ހިނގީ މީހުން ގޮވައިގެން އެ ރަށަށް ބަނދަރުކޮށް ޕެސިންޖަރުން ބޭލި ފަހުންނެވެ. އަލިފާން ރޯވި ވަގުތު އޭގައި ތިބީ އެމްޓީސީސީގެ މުވައްޒަފުން އެކަންޏެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.













