
ފެންޓީ ބިއުޓީގެ 'ޕްރޯ ފިލްޓަރ' ފައުންޑޭޝަން ފުޅިތަކެއް
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ މޭކަޕް ބްރޭންޑް 'ފެންޓީ ބިއުޓީ' އިން ނެރެފައިވާ 'ޕްރޯ ފިލްޓަރ' ފައުންޑޭޝަނަކީ މިހާރު މޭކަޕްގެ ދުނިޔޭގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައެވެ.
މި ފައުންޑޭޝަންގެ އެންމެ ޚާއްޞަ އެއް ކަމަކީ މިއީ މޫނުގައި ހާކާލަން ވަރަށް ފަސޭހަ، އަދި ހަމުގެ އަސްލު ކުލައާ ވަރަށް ބޮޑަށް ގުޅޭ ފޯމިއުލާއަކަށް ވުމެވެ. ބޯކޮށް މޫނުގައި ހުންނަ ކަމުގެ އިހުސާސް ނުކުރެވި، މޫނުގެ އުނިކަންތައްތަކާއި ލައްތައް ވަރަށް ފުރިހަމައަށް ފޮރުވައިދެއެވެ.
މި ފައުންޑޭޝަންގެ އެންމެ މުހިންމު ސިފަތަކުގެ ތެރޭގައި ގިނަ ޝޭޑްތައް ލިބުން ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ހަމުގެ ކުލަތަކާ ގުޅޭގޮތަށް 50 އަށްވުރެ ގިނަ ޝޭޑް މި ފައުންޑޭޝަންގައި ހިމެނެއެވެ. މިއީ ގިނަ ބަޔަކަށް އެމީހެއްގެ ހަމާ އެންމެ ގުޅޭ ކުލަ ހޯދަން ފަސޭހަވެގެންދާ ކަމެކެވެ.
އަދި ދާހިއްލުމާއި ހޫނުގެ ސަބަބުން ފަސޭހައިން ފޮހެވިގެން ނުދާނެހެން ފަރުމާކޮށްފައިވުމަކީ މުޅި ދުވަހު މޭކަޕް ތާޒާކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ
އަދި މިއާއި މި ފައުންޑޭޝަންގެ ފޯމިއުލާއަކީ މާބޮޑަށް މެޓް ނުވަތަ މާބޮޑަށް އޮފްކަން ނުހުންނަ، ގުދުރަތީ ރީތިކަމެއް ގެނެސްދޭ ލުއި ފޯމިއުލާއެކެވެ.
ފެންޓީ ބިއުޓީ އަކީ ފެށުނީއްސުރެ ހުރިހާ ހަމުގެ ކުލައަކަށްވެސް ބޭނުންކުރެވޭނެ އުފެއްދުންތަކެއް ނެރުމަށް މަޝްހޫރު ބްރޭންޑެކެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)






