
ޒުވާން އެކްޓްރެސް ސާރާ އަރުޖުން (ކ) އަދި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ (ވ): މަދޫބާލާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގައި ލީޑް ރޯލު ކުޅޭނީ ސާރާ އަރުޖުން. މިއީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ވަރަށް އުންމީދީ ޕްރޮޖެކްޓެއް.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ 'މަދޫބާލާ' ގެ ބަޔޮޕިކް ގެ ޝޫޓިންގ އަންނަ ސެޕްޓެމްބަރު މަހު ފަށަން ތައްޔާރުވެއްޖެއެވެ.
މި ފިލްމުގައި އިންޑިއާގެ ލެޖެންޑަރީ އެކްޓްރެސް މަދޫބާލާގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާން ތަރި ސާރާ އަރުޖުން އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ފިލްމު ޑައިރެކްޓްކުރާނީ 2022 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޑާލިންގްސް' ޑައިރެކްޓްކުރި ޖަސްމީތު ކޭ ރީން އެވެ.
މި ޕްރޮޖެކްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ބަޖެޓުގެ މައްސަލަތަކާ ހެދި މަޑުޖެހިފައި އޮތުމަށްފަހު، ބަންސާލީ މި ފިލްމާ ހަވާލުވުމުން އަލުން ފަށަން ނިންމި ބޮޑު ޕްރޮޖެކްޓެކެވެ.
ފިލްމުގެ ޝޫޓިންގ ފަށަން ހަމަޖެހިފައިވަނީ ގޯރެގާއޯންގެ ރޯޔަލް ޕާމްސްގައެވެ. މިތަނަކީ މިހާރު ބަންސާލީ ޑައިރެކްޓްކުރަމުން އަންނަ ފިލްމު ކަމަށްވާ 'ލަވް އެންޑް ވޯރ' ގެ އެންމެ ފަހުގެ މަންޒަރުތައް ނަގަމުން އަންނަ ތަނެވެ. އެ ފިލްމުގެ މަސައްކަތް ނިމުމާއެކު، އެ ސެޓުތަކަށް ބަދަލުގެނެސް މަދޫބާލާގެ ބަޔޮޕިކްއަށް ބޭނުންކުރަން ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގައި 1950 ގެ އަހަރުތަކުގައި މަދޫބާލާ ބޮލީވުޑްގައި ހޯދި ބޮޑު ކާމިޔާބީއާއި، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވި ހިތާމަވެރި އަދި އުނދަގޫ ކަންތައްތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ސާރާ އަރުޖުން މިހާރުވެސް ވަނީ މަދޫބާލާގެ މި ޚާއްޞަ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)






