.jpg?w=1920&q=75)
ޕޯކެމޯން އާއި ޕޮލަރޮއިޑް ގުޅިގެން ނެރޭ ޚާއްޞަ އެޑިޝަންގެ ކެމެރާތައް: މީގެ ތެރޭގައި ޕީކާޗޫ، ސިލްވިއޯން އަދި ޕޯކޭ ބޯލް ޑިޒައިންގެ ކެމެރާތަކާއި ފިލްމުތައް ހިމެނޭ. މިއީ ޕޯކެމޯންގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރޭ ޚާއްޞަ ކަލެކްޝަނެއް.
މަޝްހޫރު ގޭމް އަދި ކާޓޫން ސީރީޒް 'ޕޮކިމޯން' އާއި އިންސްޓަންޓް ފޮޓޯގްރަފީގެ ދުނިޔޭގައި މަޝްހޫރު 'ޕޮލަރޮއިޑް' ގުޅިގެން ޚާއްޞަ ކެމެރާތަކަކާއި އެސެސަރީތަކެއް ނެރެން ނިންމައިފިއެވެ.
މި ކޮލެބަރޭޝަނަކީ ޕޮކެމޯން ފްރެންޗައިޒްއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރޭ ކަލެކްޝަނެކެވެ.
މިއީ ޕޮލަރޮއިޑްގެ ތާރީޚުގައިވެސް އެކުންފުނިން ކުރާ އެންމެ ބޮޑު އެއް ކޮލެބަރޭޝަނެވެ. މި ކަލެކްޝަންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕޮލަރޮއިޑްގެ ތިން ކެމެރާއެކެވެ:
ކެމެރާގެ އިތުރުން، ފޮޓޯ ޕްރިންޓްވެގެން ނުކުންނައިރު އޭގެ ބޯޑަރުގައި އެކި ޕޯކިމޯންތަކުގެ މަންޒަރު ހިމެނޭ ޚާއްޞަ ފިލްމުތަކަކާއި، ޕޯކޭ ބޯލް ބައްޓަމަށް ހަދާފައިވާ ކެމެރާ ކޭސް އަދި ފޮޓޯ އަލްބަމްވެސް ވިއްކަން ހުންނާނެއެވެ.
މި ތަކެތި ޕްރީ-އޯޑަރ ކުރުމަށް އޮގަސްޓް 25 ވަނަ ދުވަހު ޕޮލަރޮއިޑްގެ ވެބްސައިޓުންނާއި ޕޮކިމޯން ސެންޓަރުން ހުޅުވާލާނެއެވެ.
އަދި ރަސްމީކޮށް އާންމުކޮށް ބާޒާރަށް ނެރޭނީ އޮކްޓޯބަރު 5 ގައެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)






