
ލެގޯ 'ވަން ޕީސް' ގެ ކީ އާޓް
ނެޓްފްލިކްސްގެ މަޝްހޫރު ލައިވް-އެކްޝަން ސީރީޒް 'ވަން ޕީސް' އަށް ބިނާކޮށް ލެގޯ އިން ނެރެފައިވާ އައު ސެޓުތަކުގެ ތެރެއިން، ސްޓްރޯ ހެޓް ޕައިރޭޓްސް ދައްކުވައިދޭ ޚާއްޞަ 'ކީ އާޓް' އެއް އާންމުކޮށްފިއެވެ.
މި އައު ކުރެހުމުން ފެނިގެންދަނީ ވަން ޕީސްގެ މައިގަނޑު ކެރެކްޓަރުން ކަމަށްވާ މަންކީ ޑީ ލުފީ، ރޮރޮނޯވާ ޒޯރޯ، ނާމީ، އުސޮޕް އަދި ސަންޖީ އެމީހުންގެ މަޝްހޫރު ނައު "ގޯއިން މެރީ" ގައި ލެގޯ މިނީފިގަރ ގެ ގޮތުގައި ތިބޭ މަންޒަރެވެ.
މިއީ ލެގޯ އާއި ނެޓްފްލިކްސް ގުޅިގެން ނެރުނު ވަން ޕީސް ކަލެކްޝަން ޕްރޮމޯޓްކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ އާޓްވޯކެކެވެ.
ލެގޯއިން ދާދިފަހުން ވަނީ 1،376 ޕީސް އެކުލެވޭ 'ގޯއިން މެރީ' ނައުގެ ބޮޑު ސެޓަކާއި، 'ބަރަޓިއޭ' ފްލޯޓިންގ ރެސްޓޯރެންޓް ފަދަ މަގުބޫލު ތަންތަން ލެގޯ ސެޓުގެ ގޮތުގައި ބާޒާރަށް ނެރެފައެވެ.
މި ކީ އާޓް އަކީ ލެގޯގެ ތަފްސީލީ ފަރުމާތަކާއި، ވަން ޕީސް އެނިމޭ އަދި ލައިވް-އެކްޝަންގެ މަޖާ އަދި އެޑްވެންޗަރަސް ރޫހު ވަރަށް ފުރިހަމައަށް ދައްކުވައިދޭ މަންޒަރެކެވެ.
ވަން ޕީސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންގާ/އެނިމޭ އަށް ވާއިރު، ލެގޯގެ މި ސެޓުތަކަށް ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)






