








-
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ގއ. ގެމަނަފުށީ ކައުންސިލު ޢިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ މަސައްކަތް ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ފަރުމާކޮށްފައިވަނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިގެންނެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ފުލީ-ފާނިޝްޑް ތަންތަންގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކު ފުރިހަމަކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ޖުމުލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ހިމެނެނީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.







.jpg?w=3840&q=75)