








ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އާއްމު މެމްބަރުންގެ އަދަދު 70000 އަށް އަރައިފި އެވެ.
ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ހުސައިން ޝަރީފް އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކޮންގްރެސް ޕާޓީއަށް ކުރާ އިތުބާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާދިއްތަ ދުވަހާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70،000 އަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
ފަސްދޮޅަސް ހަތް ހާހެއްނޫން މިހާރު ޕާޓީގައި ތިބީ، އާދިއްތަ ދުވަހު ކޮންގްރެސް ޕާޓީއަށް 70،000 ހަމަވެއްޖެ، އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓަށް ނާރަނީ، ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވަން، މި ޕާޓީގައި 70،000 މެމްބަރުން ހަމަވެއްޖެ - މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. މިއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ބޭއްވި ކޮންގްރެސްއެއްގައި ބައިވެރިނުވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް މުންދު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް މީގެ ކުރިން މާލެއާއި އަތޮޅުތެރޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 67579 މެމްބަރުންނާއެކު އެންމެ ގިނަ މެމްބަރުން ތިބި ސިޔާސީ ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި މިވަގުތު ތިބީ55399 މެމްބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގައި ތިބީ 10،401 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ.




