








ތިމަރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން
ތ. ތިމަރަފުށީ މަހު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.
އާރްޑީސީން ބުނީ ތިމަރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައި، ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ މަޝްރޫއުއެއްކަމަށްވެސް އާރްޑީސީން ބުންޏެވެ.
މި މަސައްކަތުގެ ދަށުން އެރަށުގައި ޖުމުލަ 4 ކިލޯމީޓަރުގެ 7 މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑު މާރކިން އަދި ސައިން ބޯޑުތައް ހަރުކުރުން ހިމެނެ އެވެ.
މި މަސައްކަތް އާރްޑީސީއާ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ 75,704,226.92 މިލިޔަން ރުފިޔާއަށެވެ.
ތިމަރަފުށީގެ އާބާދީ 2800 މީހުންނާ ހަމަކުރާއިރު، މިއީ 221.45 ކިލޯމީޓަރުގެ ބޮޑު ރަށެކެވެ.




