







.jpg?w=3840&q=75)
--
ގއ. ގެމަނަފުށީގައި ހިންގާ ކެފޭ، ރެސްޓޯރެންޓް ތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތުދީފިއެވެ.
މި ފެބުރުވަރީ 26 ވަނަ ދުވަހު ގެމަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެގޮތުން، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ސައްހަ ނޫން ސުލިޕާއި ފޯނު ކޯލުތަކަށް ހާއްސަ ސަމާލުކަމެއްދިނުމަށާ އަދި އެކައުންޓަަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތައް އަމަލުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި އެއްވެސް މީހަކު ވޭޕްކުރާކަން ފާހަގަވާނަމަ ފުލުހުންނަށް މައުލޫމާތުދިނުމަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާކަން ފާހަގަވާނަމަވެސް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.







.jpg?w=3840&q=75)