








--
ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް، ފުލުހުންގެ ޚިދުމަތާ މެދު ރައްޔިތުންގެ ހިޔާލު ހޯދާފައިވެއެވެ.
އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާ ގުޅިގެން އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އޭގެ އިތުރުން، ރަށުތެރޭގައި ހިނގާ ކުށްތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ކުރެވިދާނެ ކަންކަމާ އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި ފޯނަށް އަންނަ ގޮތްނޭނގޭ ތަފާތު އެކި ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.







.jpg?w=3840&q=75)