








ބޭރުފައިސާއިން އަމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްކުރާ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލަށް ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ތެރޭގައި ކުރިން ޤާނޫނުގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރަން ލާޒިމްކޮށްފައި އޮތް 20 އިންސައްތަ ވަނީ 40 އިންސައްތައަށް ބޮޑުކޮށްފައެވެ. މީގެ އިތުރުންވެސް ކަޅުބާޒާރުގައި ޑޮލަރު މުޢާމަލާތްކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ.
މިފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތަކުގެ ތެރޭގައި:
މީގެއިތުރުން، މި ގާނޫނުގެ ދަށުން އަޅާ އިދާރީ ފިޔަވަޅުތަކުގެ އިތުރަށް، ޖިނާއީ ޢަމަލެއް ހިމެނޭނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ ދަށުން ދައުވާ އުފުލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.




