
.jpeg?w=3840&q=75)

%20(1).jpeg?w=3840&q=75)





އައްޑޫ ސިޓީ
ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއުއެއް ހިންގަން ބޭނުންވެއްޖެ، ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވިއިރު، މި ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ އިތުރު އިސްލާހުތައް ގެނެސްފަ އެވެ.
މި އިސްލާހު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 47 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް 12 މެންބަރުންވަނީ ވޯޓު ދެއްވާފަ އެެވެ.
މި ބިލުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ގާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި، ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ހާލަތްތަކުގައި އެތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށްވެ އެވެ. އަދި ސަރުކާރަށް މިފަދަ ބިމާއި ތަންތަން ނެގޭނީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރަން ފެށުމުގެ ކުރިންނެވެ.
ބިލުގައިވަނީ ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭންވާނެކަމަށެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫއަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި، އެ މަޝްރޫއުއެއް ހުއްޓޭނެގޮތައް އަމަލުކުރުމަކީ ކައުންސިލުން ކޮށްގެން ވާނެކަމެއް ނޫންކަމަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.
މީގެއިތުރުން ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭނީ އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދިނުމުންކަމާއި، އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި މިނިސްޓްރީއަކުން ކަމަށް އިސްލާހުގައިވެ އެވެ.





.jpeg?w=3840&q=75)

%20(1).jpeg?w=3840&q=75)
