.png?w=3840&q=75)





.jpeg?w=3840&q=75)


-
2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބާއްވާ ރަސްމީ ޙަފްލާގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާއަކީ:
މި އެވޯޑުތަކަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކަމާގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު، 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އެވޯޑަށް އެދޭ ފޯމުތައް މިނިސްޓްރީގެ ރަސްމީ ވެބްސައިޓް (www.fishagriocean.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
.png?w=3840&q=75)







