.png?w=3840&q=75)





.jpeg?w=3840&q=75)

.png?w=3840&q=75)
-
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާ ދެމެދު ތަޖުރިބާއާއި ފަންނުވެރިކަން އަދި ވަސީލަތްތައް ހިއްސާކޮށް، ދެ މުއައްސަސާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ދަށުން ސީއެސްސީގެ ފަރާތުން މަސައްކަތްތައް ވިލަރެސްކުރާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އިންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ޑރ. ޢާއިޝަތު ރަމީލާގެ ވާހަކަފުޅުގައި، ދައުލަތުގެ މުއައްސަސާތަކުގައި އިންސާނީ ޙައްޤުތަކުގެ އަސާސްތައް އަށަގަންނަވައި، މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސީއެސްސީގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވީ، ދެ މުއައްސަސާގެ ދެމެދުގައި އުފެދުނު މިފަދަ ގުޅުމެއްގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައަކުން މަތިވެގެންދާނެ ކަމަށެވެ.
މި ފަހުމުނާމާގެ ދަށުން އެއްބަސްވެފައިވާ މުހިންމު ކަންކަމުގެ ތެރޭގައި:
މި ފަހުމުނާމާއާއެކު ދައުލަތުގެ ޚިދުމަތްތައް ދިނުމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހަރުދަނާ އަދި ޤާބިލު ސިވިލް ސަރވިސްގެ ވެއްޓެއް ބިނާކުރުމަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.
.png?w=3840&q=75)




.png?w=3840&q=75)


