
-
ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއިން އެޤައުމުގެ "އުޅުން ރަނގަޅުކުރަންޖެހޭ" ކަމަށް ބުނެ، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ބާޤިރު ޒުލްޤަދްރު ޝަރުތުތަކެއް ހުށަހަޅުއްވައިފިއެވެ.
އީރާނުގެ އައިއާރުއައިބީ ބްރޯޑްކާސްޓަރު މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ޒުލްޤަދްރު ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން އަންނަނިވި ކަންކަން ފުރިހަމަކުރުމުން ކަމަށެވެ:
ޒުލްޤަދްރު އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ޙާލަތުގައި ކަމުގައިވީ ނަމަވެސް ނުވަތަ މަޝްވަރާގެ މޭޒުމަތީގައި ކަމުގައިވީ ނަމަވެސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މި ޝަރުތުތަކަށް އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.
















