








EyXOOsxUcAgQ1HM
ގދ ވާދޫގައި ގާއިމްކުރާ ސްކޭޓް ޕާކްގެ މަސައްކަތް ފެށިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ހުވަދޫ ބަހުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާސޫގައި ގާއިމްކުރާ ސްކޭޓްޕާކްގެ މަސައްކަތް ބޭރުގެ އެކްސްޕާޓުންނާއި އަށުގެ ރައްޔިތުންނާއެކު ފެށިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މި މަސައްކަތް ނިންމަން ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް މިނިސްޓަރ މަހްލޫފް ވަނީ އެފަރާތައްވެސް ޝުކުރުއަދާކުރައްވާފައެވެ.
ވާދޫގައި އަލަށް މި ގާއިމްކުރާ ސްކޭޓްޕާކަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އިން ކުރަމުން އަންނަ މަސައްކަތެކެވެ.
މި ޕްރޮޖެކްޓަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް" 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ފާހަގަ ކޮށްލެވުނު ފަސް ޕްރޮޖެކްޓެއްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ




