








viber_image_2022-09-20_08-31-44-354
ގދ ވާދޫގެ ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ވާދޫގެ ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި އެރަށުގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މަސައްކަތް ފައްޓަވައިދެެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު، އެމް.ޑަބްލިއު.އެސް.ސީ ގެ ޗެއަރމަން އަޙްމަދު މައުސޫމް، އެމް.ޑަބްލިއު.އެސް.ސީ ގެ ޑީ.އެމް.ޑީ މުޙައްމަދު ޝަރީފް، ވާދޫ ކައުންސިލްގެ ނައިބުރައީސް ހާޝިރު މުޙައްމަދު އަދި ވާދޫ ކައުންސިލްގެ އެސް.ޖީ މުޙައްމަދު އިބްރާހީމް ދީދީއެވެ.
ވާދޫ ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލުކުރައްވާފައިވާ މަސައްކަތެކެވެ. އެމް.ޑަބްލިއު.އެސް.ސީ އާ އެކުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ އެންމެހައި މަސައްކަތެއް ކުރާނީ ފެނަކައިންނެވެ.








