
vaadhoo
ގދ. ވާދޫ ގެއަކުން ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ސެޕްޓެމްބަރ މަހު 20ވަނަ ދުވަހު ވާދޫ، އަތަމާވިލާ ގޭގައި ހުރި ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އެތަކެތީގެ ތެރޭގައި މަކިޓާ ބްރޭންޑުގެ 2 ބުރުމާ (ޗާޖަރާއެކު)، ބުރުމާ ކަށި ސެޓު، މަކިޓާ ބްރޭންޑްގެ ކަރަންޓު ހަނު، މަކިޓާ ބްރޭންޑުގެ 1 ގްރޭންޑަރ، 10 ފޫޓުގެ ކަރަންޓު ވައިރެއް (ސޮކެޓް ބޯޑާއެކު)، 01 މާކަރީ ލައިޓް (ރީޗާޖް ކުރެވޭ)، 01 މާކަރީ ލައިޓް (200 ވ)، 01 ބައިސްކަލް ހިމެނެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ 33 އަހަރުގެ މީހާއަށް، ވާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.










